Sunday 19 August 2018

Eemaanun furigenvaa hithakun "Laa Ilaaha Illallaahu" kiyumuge Naseeb!





އީމާނުން ފުރިގެންވާ ހިތަކުން لا إله إلا الله ކިޔުމުގެ ނަޞީބު!


އަޅަކަށް ލިބޭނެ އެންމެ މަތިވެރި ނަޞީބަކީ އީމާނުން ފުރިގެންވާ ހިތަކުން لا إله إلا الله ކިޔުމުގެ ތައުފީޤު ލިބިގެން ދިޔުމެވެ. އެފަދަ އަޅަކަށް އުފާވެރިކަން ހުއްޓެވެ.

އުޑާއި ބިން ޚަލްޤުކުރެވުނީ، ޝަހާދަތުގެ މިކަލިމައަށްޓަކައެވެ. މިއީ މީޒާނުގައި އެންމެ ބަރު އަދި އެންމެ މަތިވެރި ކަލިމައެވެ.

ޙަދީޘްފުޅުގައި ވާރިދުވެފައިވެއެވެ. ޤިޔާމަތްދުވަހުން، ފާފަތަކުން ފުރިގެންވާ އަޅަކު ގެނެވޭނެއެވެ. އޭނަގެ ވައަތު ފަތުގައި ބައިވަރު ނުބައި ކަންތައް ލިޔެވިގެންވެއެވެ. އޭނައާ ސުވާލު ކުރެވޭނެއެވެ. ކަލޭ މިފާފަތަކާމެދު ބުނަނީ ކީކޭތޯއެވެ؟ މިއަށް އިންކާރުކުރަމުތޯއެވެ؟ އޭނަ އެކަމަށް އިންކާރު ނުކުރާ ކަމަށް ބުނާނެއެވެ. ދެން ސުވާލުކުރެވޭނެއެވެ. ކަލެއަށް އުޒުރެއް ނުވަތަ ހެޔޮކަމެއްވޭތޯއެވެ؟ އޭނަ ބުނާނެއެވެ. ނުވެއެވެ. ބުނެވޭނެއެވެ. ނޫނެކެވެ. ކަލެއަށް ހެޔޮ ކަމެއްވެއެވެ. އަދި ކަލެއާމެދު މިއަދު އަނިޔާވެރިއެއް ނުވެވޭނެއެވެ. ދެން ޝަހާދަތުގެ ދެކަލިމަ ލިޔެވިފައިވާ ކުޑަކުޑަ ފަތެއް ނެރެވި ދައްކާލެވޭނެއެވެ. އޭނާ ބުނާނެއެވެ. އޭ ރައްބެވެ! އެ ނުބައި ފަތްތަކުގެ ކުރިމަތީގައި ތިޔަ ކުޑަ ފަތުގެ އެއްވެސް ބުރަދަނެއް ހުންނާނެތޯއެވެ؟ ދެން، އޭނަގެ އެ ދެފަތް ތިލަފަތަށް ލެވޭނެއެވެ. ހަމަލެވުމާއެކު، އެއޮތް ބޮޑު ބިޔަ ނުބައިކަމުގެ ފަތްތައް، ހެޔޮ ކަމުގެ މި ކުޑަ ފަތުގެ ބަރުދަނުގެ ސަބަބުން ބުރައިގެން ގޮސްދާނެއެވެ. އަދި މާތް ﷲ އޭނަ ސުވަރުގެއަށް ވައްދަވާނެއެވެ. މިއީ މިކަލިމާގެ މަތިވެރިކަމެވެ.[1]

ވުމާއެކު، އީމާނުން ފުރިގެންވާ ހިތަކުން މި ކަލިމަ ގިނަގިނައިން ކިޔުއްވާށެވެ. އަދި މިކަލިމަޔަށް ޙަޤީޤީ މާނާގައި އީމާންވާކަން ބޭރުފުށުގެ ޢަމަލުން ދައްކަން މަސައްކަތް ކުރައްވާށެވެ. ކާމިޔާބީގެ އަހުލުވެރިންނަކީ އެއީއެވެ.




[1] - حديث البطاقة حديث صحيح‏.‏ قال الحاكم‏:‏ صحيح على شرط مسلم‏.‏ وقال الذهبي في ‏"‏التلخيص‏"‏‏:‏ صحيح - وهو حديث عبد الله بن عمرو‏:‏ ‏ "يصاح برجل من أمتي على رؤوس الخلائق يوم القيامة فينشر له تسع وتسعون سجلاً كل سجل مد البصر‏.‏ ثم يقال‏:‏ أتنكر من هذا شيئًا‏؟‏ فيقول‏:‏ لا يا رب‏.‏ فيقال‏:‏ ألك عذر أو حسنة‏؟‏ فيهاب الرجل ويقول‏:‏ لا‏.‏ فيقال‏:‏ بلى إن لك عندنا حسنة‏.‏ وإنه لا ظلم عليك اليوم فيخرج له بطاقة - وهي الورقة الصغيرة - فيها‏:‏ أشهد أن لا إله إلا الله، وأشهد أن محمدًا عبده ورسوله‏.‏ فيقول‏:‏ يا رب وما هذه البطاقة مع هذه السجلات‏؟‏ فيقال‏:‏ إنك لا تظلم‏.‏ فتوضع السجلات في كفة والبطاقة في كفة فطاشت السجلات وثقلت البطاقة‏" ‏[‏رواه الحاكم في ‏"‏مستدركه‏"‏ ‏من حديث عبد الله بن عمرو رضي الله عنهما‏]

رابط المادة: http://iswy.co/e3gvr

No comments:

Post a Comment

ރަޖަމުގެ ޙަޤީޤަތް!

ރަޖަމަކީ ކޮބާ؟ ރަޖަމަކީ އިސްލާމްދީނުގައި ކަނޑައެޅިފައިވާ ޙައްދުތަކުގެ ތެރެއިން ޙައްދެކެވެ. ނުވަތަ ޢުޤޫބާތުގެ ތެރެއިން ޢުޤޫބާތެކެވ...